ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ، ވިލިގިއްޔާއި ވާދޫއާ ދިމާ ބޭރަށް ”ފެހިލާ“ ނަމަކަށް ކިއާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު 16:59 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން މެރިން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، ދޯނި ކަފު ޖަހައިގެން ގުޅީފަޅަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.


