އިސްލާމިކް މިނިސްޓްރީން މީޑީއާތަކާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މީޑިއާ މަރުކަޒު މި މަހުގެ 5 އަދި 6 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެން ބާއްވާ މީޑިއާ މައުރަޒަކީ މިނިސްޓްރީން ޚާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިއްމު މަސައްކަތްތަކާއި، މިނިސްޓްރީގެ ވަކި ވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މި މައުރަޒުގައި ވަކި ވަކި ސެކްޝަންތަކުގެ ވެރިންނާއި ބައްދަލުކޮށް ސެކްޝަންތަކާއި ގުޅޭ މަސައްކަތްތަކާއި ބެހޭ ސުވާލުތައްކުރުމާއި މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
2024 ވަނަ އަހަރު ބޭއްވި މީޑިއާ މައުރަޒަށްވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާއްމުން ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.



