އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް 2026 ގެ ގުރު ނެގުމުގެ ރަސްމިއްޔާތު ރޭ އެމެރިކާގެ ވޮޝިންޓަންގައި ބާއްވައިފިއެވެ.
މި ވޯލްޑް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އިތުރުން މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް އަދި ކެނެޑާގެ ބޮޑު ވަޒީރު މާކް ކޭނޭވެސް ވަނީ ވަޑައިގެންފައެވެ.
ގުރު ނެގުމުގެ ރަސްމިއްޔާތުގައި، މުބާރާތުގައި ވާދަކުރާ ޓީމުތައް 12 ގްރޫޕަށް ބަހާލެވުނުއިރު، މީގެ ތެރެއިން ގްރޫޕް ކޭ (ޕޯޗުގަލް، ފީފާ ޕްލޭއޯފް 1 ގެ ޗެމްޕިއަން، އުޒުބަކިސްތާން، ކޮލަމްބިއާ) އަކީ ޕޯޗުގަލްއަށް ގްރޫޕް ސްޓޭޖް ފަސޭހަކޮށްދޭނެ ގްރޫޕެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ގްރޫޕްތައް ބެހިފައިވާ ގޮތަކީ:
ގްރޫޕް އޭ: މެކްސިކޯ، ސައުތު އެފްރިކާ، ދެކުނު ކޮރެޔާ، ޔޫއޭފާ ފްލޭއޯފް ޑީގެ ޗެމްޕިއަން
ގްރޫޕް ބީ: ކެނެޑާ، ޔޫއޭފާ ފްލޭއޯފް ބޭގެ ޗެމްޕިއަން، ގަތަރު އަދި ސްވިޒަލޭންޑް
ގްރޫޕް ސީ: ބްރެޒިލް، މޮރޮކޯ، ހައިޓީ، ސްކޮޓްލޭންޑް
ގްރޫޕް ޑީ: އެމެރިކާ، ޕެރަގުއޭ، އޮސްޓްރޭލިޔާ، ޔޫއޭފާ ފްލޭއޯފް ސީގެ ޗެމްޕިއަން
ގްރޫޕް އީ: ޖަރުމަނު، ކުރަކާއޯ، އައިވަރީކޯސްޓް، އިކުއެޑޯ
ގްރޫޕް އެފް: ނެދަލޭންޑްސް، ޖަޕާން، ޔޫއޭފާ ފްލޭއޯފް ބީގެ ޗެމްޕިއަން އަދި ޓިއުނީޝިއާ
ގްރޫޕް ޖީ: ބެލްޖިއަމް، މިސުރު، އިރާން، ނިއުޒީލޭންޑް
ގްރޫޕް އެޗް: ސްޕޭން، ކޭޕްވާޑޭ، ސައޫދީ އަރަބިއާ، އުރުގުއޭ
ގްރޫޕް އައި: ފްރާންސް، ސެނަގާލް، ފީފާ ޕްލޭއޯފް 2 ގެ ޗެމްޕިއަން، އަދި ނޯވޭ
ގްރޫޕް ޖޭ: އާޖެންޓީނާ، އަލްޖީރިއާ، އޮސްޓްރިއާ، ޖޯޑަން
ގްރޫޕް ކޭ: ޕޯޗުގަލް، ފީފާ ޕްލޭއޯފް 1 ގެ ޗެމްޕިއަން، އުޒުބަކިސްތާން، ކޮލަމްބިއާ
ގްރޫޕް އެލް: އިންގްލޭންޑް، ކްރޮއޭޝިޔާ، ގާނާ އަދި ޕެނަމާ
މި ރަސްމިއްޔާތުގައި ފީފާ އިން ފުރަތަމަ ފަހަރަށް ދޭން ފެށި ’ޕީސް ޕްރައިޒް އެވޯޑް‘ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ވަނީ އަރުވާފައެވެ. މި އެވޯޑަކީ ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭން ފެށި އެވޯޑެކެވެ.
2026 ގެ ވޯލްޑް ކަޕް ބާއްވަން ހަމަޖެހިފައިވަނީ އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައެވެ.




