ޖަޕާނުގެ އިރުމަތީ އައްސޭރިފަށަށް ރިކްޓަރ މެގްނިޓިއުޑް 7.6 ގެ ބާރުގަދަ ބިންހެލުމެއް އައިސް، އެ ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ އައްސޭރިފަށުން 44 މޭލު (70 ކިލޯމީޓަރު) ދުރުން އަދި ގާތްގަނޑަކަށް 33 މޭލު އަޑިއަށް ކަމަށެވެ.
މިރޭ ރާއްޖެ ގަޑިން 19:32 ހާއިރު މި ބިންހެލުން އައިސްފައިވަނީ އައޮމޯރީ އާއި ހޮކައިޑޯގެ އައްސޭރިފަށުގެ ސަރަހައްދަށެވެ.
މި ބިންހެލުމާ ގުޅިގެން ތިން މީޓަރު އުސް ސުނާމީއެއް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ބުނެފައިވެއެވެ.




