އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލާގައި މިދިޔަ ހަފުތާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ހިންގި އޮޕަރޭޝަން އަލިމަގުގެ ދަށުން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި ހިތަދޫން ފަސް މީހަކު ހައްޔަރުކުރިއެވެ.
އެއީ:
– ސ. ހިތަދޫ، ކޮންމުލި / އަލީ ނަދީމް (30އ.)
– ސ. ހިތަދޫ، ފަލާހު / ހާފިޒު ފައުޒީ (31އ.)
– ސ. ހިތަދޫ، ވެޔޮފެހެބުރުގެ / އިބްރާހިމް ސިރާޖު (43އ.)
– ސ. ހިތަދޫ، ދޮރުފޮތިމާގެ / ހަސަން އަލްފާފް (28އ.)
– ސ. ހިތަދޫ، ކެކުރިމާގެ / އަމީން މުހައްމަދު (23އ.)
އައްޑޫގައި އެންމެ ހަރަކާތްތެރި ”މައިލޯ“ ގްރޫޕަށް ނިސްބަތްވާ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ނަދީމާއި ހާފިޒު އަދި ސިރާޖުގެ ބަންދަށް ވަނީ 30 ދުވަސް ދީފ އެވެ.
އަލްފާފާއި އަމީން ބަންދުގައި ބަހައްޓަން ކޯޓުން ދިނީ އެންމެ ފަސް ދުވަހެވެ. ނަމަވެސް އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.



