ށ. ފޯކައިދޫގައި އަލަށް ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.
ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުހޫމް ޙުސައިން ވަހީދުގެ ހަނދާނުގައި މަސްޖިދުލް ނޫރުގެ ނަމުގައި ފޯކައިދޫގައި ބިނާކުރި މި މިސްކިތް މިއަދު ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރާއި، އަލްމަރްހޫމް ޙުސައިން ވަޙީދުގެ ދަރިކަލުން އަޙްމަދު ނަވީން ޙުސައިންއެވެ.
މި މިސްކިތް ހުޅުވުމަށްފަހު މިއަދުގެ ހުކުރު ޚުޠުބާ ދެއްވީ، ޝެއިޚް އަޙްމަދު ސަމީރެވެ.

400 މީހުންގެ ޖާގައިގެ މި މިސްކިތަކީ، އަލްމަރުހޫމް ޙުސައިން ވަހީދުގެ ޚަރަދުގައި ބިނާކޮށްފައިވާ މިސްކިތެކެވެ.

ދެ އަހަރެއްހާ ދުވަހު ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ހުސެއިން ވަޙީދު ނިޔާވީ، 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. އެއިރު އުމުރުފުޅުން 53 އަހަރުއެވެ.
ނިޔާވިއިރުވެސް ޙުސެއިން ވަޙީދަކީ، ކޮމަންޑޫ ދާއިރާގެ މެމްބަރެވެ.



