ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި ބްރިޖުން ބައެއް މިރޭ ބަންދު ކުރަން ފުލުހުން ނިންމައިފިއެވެ.
ފުލުހުންގެ މިއަދު ބުނީ ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި 2025 ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 23:45 އިން ފެށިގެން މަސައްކަތް ނިމެންދެން ބްރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ބަންދު ކުރަން ހަމަޖެހިފައިވާ ލޭނަކީ ހުޅުމާލެ އިން މާލެ އަށް ދަތުރު ކުރަން އޮންނަ ލޭނެވެ.

އެ ލޭން ބަންދު ކުރުމާއެކު ދެކުނު ފަރާތު ލޭނުން ދެކޮޅަށް ދުއްވޭ ގޮތަށް ފުލުހުން ޓްރެފިކް ބަލަހައްޓަމުން ގެންދާނެއެވެ.



