މާރާމާރީ ހިންގައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.
މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފުލުސް އޮފިސަރެއް ކަމަށްވާ މުހައްމަދު މައުސޫމް، ލިލީނައިޓް، މ. ކޮޅުފުށިއެވެ.
އުމުރުން 22 އަހަރުގެ މައުސޫމްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ދެ ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ. ނަމަވެސް، އޭނާއަށް ކުރާ ތުހުމަތުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.އަދި މި މައްސަލައާ ގުޅިގެން މައުސޫމާ މެދު ފުލުހުންގެ ތެރެއިން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމެއް ވެސް އަދި ހާމައެއް ނުކުރެއެވެ.
މިދިޔަ ހަފުތާ ވެސް ވަނީ މާލޭގައި ހުންނަ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުންދީ އަދި އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފައެވެ.
މާލޭގައި ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި މިދިޔަ ހަފުތާ ވެސް ފުލުހަކު ހައްޔަރުކުރި އެވެ.
އެ މާރާމާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަލީ މަނިކު، 43، ސ. ހިތަދޫ / އަސަރީވިލާ އެވެ.
އަލީ މަނިކު ޖިނާއީ ތުހުމަތެއްގައި ހައްޔަރުކުރުމާ އެކު މުސާރަ ނުލިބޭގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.





1 Comment
ގުޑް ވޯތކް