ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހާހަކަށް ވުރެ ގިނަ ވޭޕް ސާމާނު ނައްތާލައިފިއެވެ.
ފުލުހުން ބުނީ، އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް، ހެންވޭރު, ޕޮލިސް އަދި މާފަންނު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ވޭޕްތަކާއި ދުންފަތުގެ ބާވަތްތައް ނައްތާލާފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، ދޫނިދޫ ގައި މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 102 ވޭޕް، 145 ވޭޕް ފްލޭވަރ، 1096 ނެނޯސްޓިކް ކާޓްރިޖްއެވެ. މީގެއިތުރުން، 114 ކޮއިލް އާއި ޑިސްޕޯސަބަލް ޕޮޑަކާއި 6 ރީފިލިންގ ކާޓްރިޖް އަދި 3 ކާޓޫނު ސިގިރެޓްވެސް ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ވޭޕް އަދި ވޭޕް ކާޓްރިޖް ގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުނެފައިވެއެވެ.




