މާލޭގައި ނޭޕާލް އަންހެނުންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ އަސަރީ ހިނގުމުގައި ދެ މީހެއްގެ ދެމެދު މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓް މިރޭ 7:47 ހާއިރު ލިބިފައިވާ ކަމަށެވެ.
މި މަރާމާރީ ހިންގީ ނޭޕަލް ދެ އަންހެނުންގެ މެދުގައެވެ.
މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަނީ އަސަރީ ހިނގުމުގައި ހުރި ކެފޭއެއްގެ ކުރިމަތީގައި ދެ އަންހެނުން މާރާމާރީ ހިންގަމުންދާ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ދެ މީހުން ދިޔައީ އެކަކު އަނެކަކުގެ އިސްތަށިގަނޑުގައި ހިފާ، އަތުން ހަމަލާދެމުންނެވެ.
ބެލެވޭ ގޮތުގައި މި މާރާމާރީގައި ބައިވެރިވި ދެ އަންހެނުންނަކީ އެ ކެފޭގައި ވަޒީފާ އަދާކުރަމުންދާ ދެ މީހުންނެވެ.



