ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ވެމްކޯ އިން ކުނި އުކާލުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިހާރު ނަގަމުން އަންނަ ފީއަށް ފެބްރުއަރީ 1, 2026 އިން ފެށިގެން ލުއި ދިނުމަށް އެ ނިންމާފައިވާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
ވެމްކޯއިން ބުނީ، މިވަގުތު އެސްއެމްއީ ތަކުން ނަގާ ފީ ކުޑަކުރުމުގެ ގޮތުން ވަކި ބޭންޑުތަކެއް ތައާރަފުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މި މަޝްވަރާތަކަށް ފަހު ކަނޑައެޅޭ ބޭންޑުތައް ހިއްސާކުރަމުންދާނެ ކަމަށް ވެމްކޯއިން ބުންޏެވެ.



