ރ. ކިނޮޅަސް ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މިކަން ހާމަކުރަމުން ފުލުހުން ބުނީ، ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު މިއަދު 16:24 އެހާކަންހާއިރު ލިބުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، މި ހާދިސާގެ އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރާނެ ކަމަށެވެ.




