އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ”ލިވް އަންލިމިޓަޑް“ ކެމްޕެއިންގެ ދަށުން، ކޮންމެ 20 ދުވަހަކުން ހޮވާ އުމްރާ ދަތުރުގެ 13 ވަނަ ނަސީބުވެރިޔާ މިއަދު ހޮވައިފިއެވެ.
މި ފަހަރުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް އުފަން އައިޝަތު މުހައްމަދު ދީދީއެވެ.
އުރީދޫން މިއަދު ވަނީ އައިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް، އޭނާއަށް ލިބުނު އުމްރާ ދަތުރުގެ އިނާމު ރަސްމީކޮށް ހަވާލުކޮށްފައެވެ.
މި ޕްރޮމޯޝަންގައި ހިމެނޭ ބައިތައް:
- ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް
- ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު.
- ގްރޭންޑް ޕްރައިޒްއަކަށް ދެ މީހަކަށް ހައްޖު ދަތުރެއް
ޕްރޮމޯޝަންގައި ބައިވެރިވެވޭ ގޮތް:
- ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުން ކުރުން
- އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުން ކުރުމަށް 400ރ. އިން މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން
- ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ލަކީޑްރޯއަށް ޝަރުތު ހަމަވުން
”ލިވް އަންލިމިޓަޑް“ ކެމްޕެއިންގެ އިތުރު މައުލޫމާތު އުރީދޫގެ ރަސްމީ ވެބްސައިޓުންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެއެވެ.



