ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 66 ފުލުހަކު ހުވާކޮށްފިއެވެ.
ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ސިނާން ޢަލީ އެވެ.
ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 66 ފުލުހެކެވެ. އެއީ އަންހެން 14 ފުލުހުންނާއި ފިރިހެން 52 ފުލުހުންނެވެ.

ހުވާކުރުމަށްފަހު އެ ފުލުހުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައިއެވެ.




