މާލޭގެ ގެއެއްގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފް އިން ބުނީ، ސައިރިކްސް ކޮލެޖު ކައިރީ ހުރި ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފް އިން އާއްމުކޮށްފައިވާ ފޮޓޯތަކުން އެގޭގައި ރޯވެ އަނދަމުންދާ މަންޒަރު ފެނެއެވެ. އެ ސަރަހައްދަށް ދުންގަނޑު ވަނީ ފެތުރިފައެވެ.
ރޯވެފައިވަނީ މީހުން ދިރިއުޅޭ ގެއެއްގައިކަން މިހާތަނަށް ކަށަވަރުވެފައި ނުވެއެވެ.
އިތުރު ތަފްސީލް އަންނަނީ..




