ޅ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މޫސުމާ ބެހޭ ޤައުމީ އިދާރާ( މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 20:30 އިން ފެށިގެން ދަންވަރު 02:30 އާއި ހަމައަށެވެ.
މެޓުން ވަނީ، އެ ސަރަހައްދަށް އެ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.
މީގެ އިތުރުން މެޓުން ބުނީ ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވުން އެކަށީގެންވާކަމަށެވެ.
މެޓުން ބުނީ ރާއްޖޭގެ މޫސުން އާންމުގޮތެއްގައި މިއަދު ރަނގަޅުވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި މެދު ރާއްޖެތެރެއާ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.



