3 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ކ. ގަމަރުކިރި ކައިރިން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި މި ހާދިސާގައި މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް އަދި އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.




