ފުވައްމުލަކު ފުނާޑު އަވަށު ޗަސްބިން ސަރަހައްދުގައި އަލިފާން ރޯވެެއެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ މައުލޫމާތު މިއަދު 14:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
މިގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 16:00 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން ބުނީ، މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
މީގެ ކުރިން ވެސް ފުނާޑު ޗަސްބިމުގައި އަލިފާނުގެ ހާދިސާތައް ހިނގައި އެ ސަރަހައްދަށް ގެއްލުންތައްވެފައިވެއެވެ.



