އައްޑޫ ސިޓީ، ފޭދޫގެ ގެއަކުން ވަގަށް ނަގާފައިވާ ލަވް ބާޑުތަކެއް ހޯދައި، އެ ތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި ފޭދޫގެ ގެއަކުން ހަތަރު ލަވް ބާޑު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ މައްސަލަ ހުށަހެޅުމާއެކު ގަމު ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، ރޭގެ ވަގުތެއްގައި އެ ދޫނިތައް ހޯދައި މިހާރު ވަނީ ވެރިފަރާތާ ރައްދުކޮށްފައެވެ.
މި ފަހަކަށް އައިސް އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަތައް ފެންމަތިވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން، މިދިޔަ މަހުގެ 16 ގައި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 13 ކެޔޮގަނޑެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވެއެވެ.
މީގެ އިތުރުން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުރުނބާތަކެއްގެ ވެރިފަރާތް ހޯދުމަށް ވެސް މިދިޔަ މަހުގެ ތެރޭގައި ފުލުހުން އިއުލާނުކޮށްފައިވާކަން ފާހަގަކުރެވެއެވެ.




