ރ. އިންނަމާދޫ ހެލްތް ސެނޓަރަށް އަލަށް އިތުރުކުރެވޭ ބައިގެ ތަނބުތައް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ.
10.06 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން ފަސް އެނދުގެ އެކްސްޓެންޝަން އިމާރާތެއް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާއަށް ސިއްހީ ދާއިރާ ވާއިރު، އެ ދާއިރާގެ ކަންކަން ހަރުދަނާކޮށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.



