ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލުމަށް އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ”ނީލަމުގައި ރަޖިސްޓަރީވާ ފޯމް“ ފުރިހަމަކޮށް އައިޑީ ކާޑާއެކު މެއިލް ކުރުމަށެވެ.
ފުލުހުން ބުނިގޮތުގައި، ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ. ނީލަން ކިޔުން އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު ހެނދުނު 10:00 ގައި ދޫނިދޫގައެވެ.
ފުލުހުން ވަނީ ހަތް ބާވަތެއްގެ ހުއިފިލަނޑާ ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފައެވެ.
ނިލާމުގައި ވިއްކާ ހުއިފިލަނޑާ
– މަށި
– ހޮޅި
– ކަރީ ފިޝް
– ހުދުކިރު
– ކަޅުކިރު
– އެލިފަންޓް
– ކަށި
– ބުއްފުޅި
މި ހުރިހާ ބާވަތެއްގެ ހުއިފިލަނޑާ ނީލަމުގައި ވިއްކަން ފަށަނީ ކިލޯއެއް 300 ރުފިޔާއަށްކަމަށް ފުލުހުން ބުނެފައިވެއެވެ.



