ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓުން ބުނީ، ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މެޓުން ބުނެފައިވާ ގޮތުގައި، ހުކުރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ބެލެވެއެވެ. އަދި އެ ދުވަހު ވައިވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ މޫސުމަށް ބަލާއިރު، ވިއްސާރައިގެ އަސަރު ބޮޑަށް ކުރާނީ މެދު ރާއްޖެތެރެއަށް ކަމަށް މެޓުން ބުނެއެެވެ.
ކުރިއަށް އޮތް ގަޑިއިރުތަކުގެ މޫސުމަށް ބަލާއިރު، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މި ވަގުތުތަކުގައި އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓުން ބުންޏެވެ.



