ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބަނބުކެޔޮތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް އައްޑޫ ސިޓީ ޕޮލިހުން ފަށައިފިއެވެ.
އައްޑޫ ސިޓީ ޕޮލިހުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއަދު މެންދުރުގެ ވަގުތެއްގައި ވަގަށް ނެގި ކަމަށް ބެލެވޭ ބަނބުކެޔޮތަކެއް ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ވަނީ އެ ބަނބުކެޔޮތައް ފެންނަ ފޮޓޯއެއް ވެސް އާންމުކޮށްފައެވެ.
ފުލުހުން އެދިފައިވަނީ މި ތަކެތީގެ ވެރިފަރާތުން 125އަށް ގުޅައި މައުލޫމާތު ސާފުކުރުމަށްފަހު، ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ އެ ތަކެއްޗާ ހަވާލުވުމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.



