ކ. ދިއްފުއްޓަށް ޗުއްޓީ ހޭދަކުރުމަށް އައިސް އުޅުނު ފަތުރުވެރިއަކު އިސްލާމްވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އުމުރުން 49 އަހަރުގެ މި އަންހެން ފަތުރުވެރިޔާ އިސްލާމްވީ ދިއްފުށީގެ މިސްކިތެއްގެ ތެރޭގައެވެ. އަންހެން މީހާ މިސްކިތަށް ވަނީ ބުރުގާ އަޅައި ހަށިގަނޑު ނިވާކޮށްގެންނެވެ.
ދެން އެ ވީޑިއޯއިން ފެންނަނީ އެ އަންހެން މީހާއަށް ދިވެހި މުދިމަކު ޝަހާދަތުގެ ދެ ކަލިމަ ލައިދޭ މަންޒަރެވެ.
އިސްލާމް ދީން ގަބޫލުކުރުމާ ގުޅިގެން އެ އަންހެން މީހާ މިހާރު ވަނީ އޭނާގެ ނަން ”ޖަމީލާ” އަށް ބަދަލުކޮށްފައެވެ.



