ކ. ތިލަފުށީ ވެމްކޯ ސައިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، އެ ހާދިސާގެ މައުލޫމާތު މިއަދު 12:45 އެހާކަންހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން އެ ސައިޓުގައި ރޯވި އަލިފާން އިތުރަށް ފެތުރިގެން ނުދާނެހެން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި، މި މަސައްކަތުގައި ތިލަފުށީ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުންނާއި، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުންނާއި، މެރިން ޑިޕްލޯއިމަންޓް ޔުނިޓް 2ގެ މެރީންސް ވަނީ ހަރަކާތްތެރިވެފައިވެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.



