މާލެއިން ގެއްލިގެން ހޯދަމުން އަންނަ މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ، ހ. ފެވަރިޓްވިލާ / މާލެ، 30 އަހަރުގެ އިބްރާހީމް އިމްތިޔާޒް ޢަލީ އެވެ.
ފުލުހުން އިއްޔެ ބުނީ، އިމްތިޔާޒް ޢަލީ އެންމެ ފަހުން ފެނިފައިވަނީ ފެބްރުއަރީ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އާއިލާ މެންބަރަކަށް ކަމަށެވެ. އެހެންނަމަވެސް އެދުވަހުގެ ފަހުން ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
ފުލުހުން ބުނީ، އިމްތިޔާޒް ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައިވަނީ ފެބްރުވަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 ހާއިރު ކަމަށެވެ.
އިމްތިޔާޒް ޢަލީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި އެކަން ހިއްސާކޮށް ދިނުމަށް ފުލުހުން އެދިފައިވެއެވެ.


