އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ ހިނގި މި ހާދިސާގެ ތަފްސީލް ސީކްރެޓް ސާވިސްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ މީހާ ޓްރަމްޕްގެ ގޯއްޗަށް ވަދެފައިވަނީ ބަޑިއަކާއި ތެޔޮ ވެސް ހިފައިގެންނެވެ.
އޭނާ މަޑުކުރުމަށް ސީކްރެޓް ސާވިސްގެ އެޖެންޓުން ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް އެކަމަށް ތަބާނުވެ، ގޯތިތެރެއަށް ވަދެގެންދާން ފެށުމުން އެޖެންޓުން ވަނީ އޭނާއަށް ހަމަލާދީފައެވެ. މި ހަމަލާގައި އެ މީހާ ވަނީ މަރުވެފައެވެ.
މި ހާދިސާ ހިނގި ވަގުތު ރައީސް ޑޮނަލްޑް ޓްރަމްޕް ގޭގައި ވަޑައިގެން ނޫޅުއްވާ ކަމަށާއި، އެވަގުތު ޓްރަމްޕް ހުންނެވީ ވޮޝިންޓަންގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މަރާލާފައިވަނީ ނޯތު ކެރޮލައިނާއަށް ނިސްބަތްވާ އޮސްޓިން ޓީ މާޓިން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ގެއްލިގެން އާއިލާގެ ފަރާތުން އާދީއްތަ ދުވަހުގެ ހެނދުނު ނޯތު ކެރޮލައިނާގެ މޯ ކައުންޓީ ޝެރިފްގެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.




