އދ ފެންފުށިގެ ގޭބިސީތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ސްޓެެލްކޯއިން ހައްލުކޮށްފި އެވެ.
މިކަމާއިގުޅޭގޮތުން ސްޓެލްކޯއިން ބުނެފައިވަނީ، އެރަށަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް، އެ ރަށު އިންޖީނުގޭގެ ޕެނަލް އަޕްގްރޭޑްކުރި ކަމަށެވެ. އަދި މިހާރު އެޕެނެލް ބޭނުން ކުރަންފެށުއެކު، ފެންފުށްޓަށް އެކުންފުނިން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވިފައިވާކަމަށެވެ.
ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމާއެކު، އެކަމުގެ ފަސޭހަތައް ފެންފުށީ ރައްޔިތުންނަށް ލިބެމުން އަންނަކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ފެންފުށީގެ އިތުރުންވެސް ކަރަންޓް ކެނޑޭ އެހެނިހެން ރަށްތަކުގެ މައްސަލަވެސް ހައްލުކުރުމަށް ސްޓެލްކޯއިން ދަނީ މަސައްކަތްކުރަމުންނެވެ. އޭގެތެރެއިން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައިކުރަމުން އަންނަ މަސައްކަތްތައް ފާހަނގަކޮށްލެވެއެވެ.



