އެމްޑަބްލިޔުއެސްސީގެ އެޕް އަދި އީޕޯރޓަލް މެދުވެރިކޮށް ޤަވާއިދުން ފެން ބިލަށް ފައިސާ ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް، ކޮންމެ މަހަކު 3،000 ރުފިޔާ އަދި ޢުމްރާ ދަތުރެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ”ހަދިޔާ ބަދިޔާ“ ގެ ނަމުގައި ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީއިން ބުނިގޮތުގައި މި ޕްރޮމޯޝަނުގެ މައިގަނޑު މަޤްސަދަކީ، އެ ކުންފުނީގެ ކަސްޓަމަރުންނަށް ފަހި ފުރުޞަތެއް ތަނަވަސް ކޮށްދިނުމާއި އެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިޔުއެސްސީގެ އެޕް އަދި އީ-ޕޯޓަލް އަށް އަހުލުވެރިކޮށް، އެޕް އަދި އީ-ޕޯޓަލް ބޭނުން ކުރާ ކަސްޓަމަރުންގެ އަދަދު އިތުރު ކުރުމެވެ.
އަދި ބިލްދެއްކުމަށް ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ޢާންމުނަށް ބާރުއެޅުމާއި، ކައުންޓަރަށް އައުމުގެ ބަދަލުގައި އެޕް އަދި އީ.ޕޯރޓަލް މެދުވެރިކޮށްގެން ބިލްދައްކައިގެން ވަގުތު ސަލާމަތްކުރުމާއި، އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކޮށް ފަސޭހަކޮށް ޒަމާނީ ކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުން ހޯދުމެވެ.
މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 މާރިޗު 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށެވެ.
މި މިޕްރޮމޯޝަންގައި ބައިވެރިވުމަށް ފުރިހަމަ ވާން ޖެހޭ ޝަރުތުތައް:
މި ޕްރޮމޯޝަންގައި ޢުމްރާ ދަތުރަށް ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތް ޢިއުލާންކުރާ ތާރީޚުން ފެށިގެން އެމް.ޑަބްލިޔު.އެސް.ސީއިން ދޭ މުއްދަތުގެ ތެރޭގައި ޢުމްރާ ދަތުރުގެ ބޭނުންކުރަން ވާނެ ކަމަށާއި، އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުޞަތު ދެވިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެފައިވެއެވެ.
އެމްޑަބްލިޔުއެސްސީއިން އިތުރަށް ބުނިގޮތުގައި، ނަސީބުވެރިން ހޮވުމުގައި އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ގުރުއަތުލުން ކުރިއަށްދާނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިންނެވެ.
ނަސީބުވެރިންގެ މައުލޫމާތު ރަސްމީކޮށް އިއުލާނުކުރުމުގެ އިތުރުން، އެ ފަރާތްތަކަށް ސީދާ ގުޅައިގެން އެކަން އަންގާނެއެވެ. ގުރުއަތުން ހޮވުނު ފަރާތްތައް ރަސްމީކޮށް އިޢުލާނުކުރެވޭނީ އެމްޑަބްލިޔުއެސްސީގެ ސޯޝަލް މީޑިއާ، ވެބްސައިޓް އަދި ކަސްޓަމަރުންނާ މަޢުލޫމާތު ފޯރުކޮށްދޭ އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށެއެވެ.
ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީޚް ކަސްޓަމަރުންނާއި ފަހުން ހިއްސާކުރާނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުންޏެވެ.
އެމްޑަބްލިޔުއެސްސީއިން ވަނީ ޑިޖިޓަލްކޮށް ބިލްތަކަށް ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން ތަޖުރިބާކުރަމުން މި ޕްރޮމޯޝަންގެ ދަށުން ހުށަހެޅިފައިވާ އަގުހުރި އިނާމުތައް ހޯދުމަށް އެމްޑަބްލިޔުއެސްސީގެ އެޕް މެދުވެރިކޮށް ބައިވެރިވާން މިފުރުޞަތުގެ ބޭނުން ހިފަން ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
މިކަމާ ބެހޭގޮތުން އިތުރު އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ އެ ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމަށް ނުވަތަ 1050 އަށް އެސް.އެމް.އެސް ފޮނުވުމަށް ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރުމުން އެހީތެރިކަން ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެފައިވެއެވެ.




