މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި މިއަދު ހުކުރު ނަމާދު ކުރާނީ ޒުވާން ހަތީބުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ވަނީ މިއަދުގެ ހުކުރު ނަމާދު މާލެ ސަރަހައްދުގައި ކުރާނެ ޒުވާން ހަތީބުންގެ މައުލޫމާތު އާންމުކޮށްފައެވެ.
- އިސްލާމީ މަރުކަޒު: އަބްދުﷲ ބިން އިމްޖާދު
- ސަލްމާން މިސްކިތް: މުހައްމަދު ހަނޫން ހުސަައިން
- އިސްކަންދަރު މިސްކިތް: މުހައްމަދު މަބާހް މުހައްމަދު
- ޔޫސުފުލް ބަރުބަރީ މިސްކިތް: އާޔަން އަހުމަދު އިނާން
- ބިއްރި މިސްކިތް، ވިލިމާލެ: އިސްމާއިލް ރަޝީދު
- މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ: ރައްޔާން މުހައްމަދު ރަޝީދު
- ފުރުގާން މިސްކިތް: އަހުމަދު ޔޫސުފް ބިން ސައީދު
- ނޫރު މިސްކިތް: ހަމްޒާ ބިން ހަސަން
- ޝަހީދު އަލީ މިސްކިތް: އާކިފް އަބްދުއްސައްތާރު
- ތައިބާ މިސްކިތް: މުހައްމަދު ދިނާޒް އަހުމަދު ޝަރީފް
- ޝައިހް ގާސިމް ބިން މުހައްމަދު އާލް ސާނީ މިސްކިތް: އުވައިސް ބިން އިނާޒް
- ދުނބުރު މިސްކިތް: ޒައިނުލް އާބިދީން ޔޫސުފް
- ފަނޑިޔާރު މިސްކިތް: އާތިކް އަބްދުއްސައްތާރު
- ބަންޑާރަ މިސްކިތް: މާޔިޒް ބިން މުސްތާގް
- ޖަލާލުއްދީން މިސްކިތް: އިސްމާއީލް އިފްރާހް އިބްރާހިމް އަލީ
- ހަސަން އާދަމް މިސްކިތް، ހުޅުމާލެ 2: މުހައްމަދު ޔަޝައު މުސްތަފާ
- އީމާން މިސްކިތް، ހުޅުމާލެ 2: އަނަސް ބިން ހަސަން
- ސަލާހުއްދީން މިސްކިތް: އަހުމަދު އަލްތާފް މޫގިލް
- އަސްދިގާ މިސްކިތް، ހުޅުމާލެ 1: އަބްދުﷲ ޔައިސް މުހައްމަދު
- އަމީލް ޖަލީލް މިސްކިތް، ހުޅުމާލެ 2: އައްމާރު ބިން އިބްރާހިމް
- ވާލިދައިން މިސްކިތް، ހުޅުމާލެ 1: އިބްރާހިމް ޒާކިރު ޒަލީގް
- ރަޝީދު މިސްކިތް، ހުޅުމާލެ 1: ހަނީޒް ހަނީފް
- އަޒީޒާ މިސްކިތް، ހުޅުމާލެ 1: ހަސަން މާޒް އަލީ
- އަބީބަކުރުނިއްސިއްދީގު މިސްކިތް، ހުޅުމާލެ 2: އަހުމަދު މާދިން އަބްދުއްސަލާމް
- އުސްމާން ބިން އައްފާން މިސްކިތް، ހުޅުމާލެ 2: އަބްދުﷲ އަކްމަލް ރަޝީދު
މިނިސްޓްރީން ބުނީ، މާލެ ސަރައްދުގެ އެންމެ ބޮޑު މިސްކިތް، އިސްލާމީ މަރުކަޒު ހިމެނޭހެން ސަލްމާން މިސްކިތުގައި ވެސް މިއަދު އިމާމުވެ ހުކުރު ނަމާދު ކުރާނީ ޒުވާން ހަތީބުން ކަމަށެވެ.
މީގެ ކުރިން ވެސް ޒުވާން ހަތީބުން ވަނީ މާލޭގެ އެކި މިސްކިތްތަކުގައި ހުކުރު ނަމާދު ކޮށްފައެވެ. ނަމަވެސް މިއީ މުޅި މާލޭ ސަރަހައްދުގައި ހުންނަ މިސްކިތްތަކުގައި ޒުވާނުން ހުކުރު ނަމާދު ކުރާ ފުރަތަމަ ފަހަރެވެ.




