އެކި ސަބަބުތަކާ ހުރެ އުމްރާއަށް ނުފުރި ތިބި 164 އުމްރާވެރިން، މިރޭ އުމްރާއަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ މި އުމްރާވެރިން ފުރުވުމަށްޓަކައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކޮށްފައިވާ ކަމަށެވެ.
މި އުމްރާވެރިން މައްކާއަށް ދިއުމުން އެތަނުގައި ތިބުމާއި އެހެނިހެން އިންތިޒާމްތައް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހާއްސަ އަހައްމިއްޔަތަށްޓަކައި މިނިސްޓަރު ވަނީ ރައީސަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރު ވަނީ، މި އިންތިޒާމްތައް ހަމަޖެއްސުމުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ގައުމީ އެއާލައިން، މޯލްޑިވިއަންއިން ވެދިން އެހީތެރިކަމަށްޓަކައި އެ ދެ މުއައްސަސާއަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.




