ރ. ވާދޫއިން ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލުނު މުހައްމަދު އިގުބާލް މިއަދު ހެނދުނު ފެނިއްޖެއެވެ.
ފުލުހުން ބުނީ، އިގުބާލް ގެއްލުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ ނުވައެއް ޖަހާކަންހާއިރު ކަމަށެވެ.
އިގުބާލް ކަނޑުމައްޗަށް ނުކުތީ އިއްޔެގެ ފަތިހުގެ ވަގުތެއްގައި ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، އޭނާ ދަތުރަށް ނުކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިއަދު އިގުބާލް ފެނިފައިވާއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި، އިގުބާލް ފެނުނީ އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އެ އުޅަނދު އައްސައިގެން އޮއްވައެވެ.
އަދި އިގްބާލު ފެނިފައިވަނީ، އޭނާ ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ވާދޫން ނުކުތް ބަޔަކަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.




