މިއަހަރުގެ މިހާތަނަށް 9 ކްރޫޒްލައިނާއަކުން ރާއްޖެއަށް 14،996 ފަތުރުވެރިން އަތުވެއްޖެއެވެ.
ކްރޫޒްލައިނާތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވަމުންދާތީ، ސަރުކާރުން ދަނީ މި ދާއިރާ އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނާތަކަށް ޚާއްސަ ޖެޓީތަކެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި އުޅަނދުތައް މާލޭގެ އިތުރުން ރާއްޖޭގެ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ އެކި ސަރަހައްދުތަކަށް ބަނދަރުކުރެއެވެ. އަދި މި ފަރާތްތަކަށް ބޭނުންވާ އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން އިމިގްރޭޝަންގެ ސީޕޯޓް ޑިވިޜަންގެ އޮފިސަރުން މެދުނުކެނޑި ފޯރުކޮށްދެމުންދެއެވެ.
ކްރޫޒްލައިނާރތަކުން އައިސްފައިވާ ފަތުރުވެރިންގެ އަދަދުތައް
- ޖަނަވަރީ 12ގައި – 970 ފަތުރުވެރިން
- ޖަނަވަރީ 23ގައި – 1037 ފަތުރުވެރިން
- ފެބުރުވަރީ 07ގައި – 165 ފަތުރުވެރިން
- ފެބުރުވަރީ 14ގައި – 3904 ފަތުރުވެރިން
- ފެބުރުވަރީ 16ގައި – 2553 ފަތުރުވެރިން
- ފެބުރުވަރީ 19ގައި – 1037 ފަތުރުވެރިން
- މާރިޗު 04ގައި – 2736 ފަތުރުވެރިން
- މާރިޗު 12ގައި – 1210 ފަތުރުވެރިން
- މާރިޗު 13ގައި – 1348 ފަތުރުވެރިން
ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިން ބަނދަރުކުރާ ސަރަހައްދުތަކުގެ ރަށްރަށަށް ޒިޔާރަތްކޮށް، ރާއްޖޭގެ ސަގާފަތާއި ރީތިކަން ތަޖުރިބާކުރެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 5 ލައްކައަށްވުރެ މައްޗަށް އަރާފައެވެ.




