ހުޅުމާލެއިން އެއާޕޯޓަށް ދަތުރުކުރި ވެހިކަލެއް ހައިވޭގެ ފެންސުގައި ޖެހި ފުރޮޅާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ އެއާޕޯޓަށް ދިއުމަށް ހައިވޭގައި ދަތުރުކުރި ވެހިކަލެއް ހައިވޭގެ އެއްފަރާތުގައި ހުންނަ ފެންސުގައި ޖެހި އެކްސިޑެންޓުވެގެން ފުލުުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓުގައި ވެހިކަލްގައި ތިބި ދެ މީހަކަށް އަނިޔާވެގެން ދަނީ ފަރުވާދެމުންނެވެ.
ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.



