ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، މި މަހުގެ 23ވާ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރަމަޟާންމަހާއި ފިޠުރު ޢީދު ބަންދާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރީ މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ނެވެ.
ރައީސް އޮފީހުން ބުނީ، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ހަމަޖައްސަވާފައިވާ ކަމަށެވެ.
ވީމާ މި ފެށޭ ހަފުތާގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.




