ހދ. ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށްޓަކައި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދު އެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރު އެވެ.
މި މަޝްރޫޢު ނިންމުމަށް އެޗް.ޑީ.ސީ އަށް 480 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މި މަޝްރޫޢުގެ ދަށުން ވައިކަރަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 50 އެޕާޓްމަންޓް ހިމެނޭ ހައުސިންގ ޔުނިޓްތަކެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގިނަ ރަށްތަކެއްގައި އެޗްޑީސީއިން މިހާރުވެސް ދަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަމުންނެވެ.



