ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި، ވަކީން ޚާއްޞަކޮށް، ށ.އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމާއި ށ.އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަންވެސް ކުރެއްވި ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށާއި ށ.އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
“އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގަައި މަރްޙޫމް މޫސާ ރަމީޒް ލެހެއްޓެވުން. އާމީން.“ ރައީސް ވިދާޅުވިއެވެ.




