ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސައުދީ އަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސައުދީ ސަރުކާރުންނެވެ.
މި ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ހަމަޖައްސަވައިފައެވެ.
ސައުދީ ސަރުކާރުގެ މެހެމާންދާރީގައި ރައީސްގެ ދެކަނބަލުން ވަނީ މިދިޔަ އަހަރުގެ މެއި މަހުގައި ވެސް ޢުމްރާއަށް ވަޑައިގެންފައެވެ.
އެ ދަތުރުފުޅުގައި ރައީސް ގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އާއި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޟްގެ އިތުރުން ރައީސް އޮފީހުގެ 2 މިނިސްޓަރުން ކަމުގައިވާ އަލީ އާރިފްއާއި އަބްދުﷲ ނަސީރު ވެސް ބައިވެރިވަޑައިގެންނެވިއެވެ.



