މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ސްޓެލްކޯއިން މިހާެު ހައްލު ކޮށްފިއެވެ.
މީގެ ގާތްގަނޑަކަށް އެއް ގަޑިއިރު ކުރިން މާލޭގެ މާފަންނުގެ ބައެއް ސަރަހއްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ.
މިކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ދެނަގަނެ ވީއެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތްތައް މެދުކެނޑުނު ހިސާބުތަކަށް މިހާރު އަލުން ހިދުމަތް ދޭން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.



