މާލޭ ގެއެއްގެ ދޮރުމަތީގައި، ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާ މަރުވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ އެމީހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ މަރުވެފައި ކަމަށެވެ.
އެއީ އިންޑިޔާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެމީހާ މަރުވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




