ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ އެ ރިސޯޓުގެ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެކެވެ.
ފުލުހުން ދެންމެ ބުނީ، މިއަދު ހެދުނު ކަޔަކް އެއްގައި މޫދަށް ފޭބި، އެމީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ފުލުހަށް ލިބުނީ 15:30 ހާއިރު ކަމަށެވެ.
އެމީހާ ހޯދަމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.




