ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 11:30 އިން ހަވީރު 17:00 އާ ހަމައަށެވެ. މިގަޑިތަކުގައި މިސަރަހައްދަށް ބާރަށް ގުގުރާ ވައި ގަދަވާނެ ކަމަށާއި ބޯކޮށް ވާރޭ ވެހޭނެކަމަށް އެއިދާރާއިން ލަފާ ކޮށްފައިވެއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ބާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެންމެ މޫސުން ގޯސްވާނީ އުތުރުގެ ރަށްތަކަށް ކަމަށާއި، ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ.
މެޓު އޮފީހުން ވަނީ، މިދުވަސްވަރު ކަނޑު ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރައްވާފައެވެ. މެޓުން ލަފާކުރައްވާ ގޮތުގައި ކަނޑު އެންމެ ގަދަވާނީ، ދެކުނަށެވެ. އަދި އުތުރުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.




