ކ. ގުޅީފަޅު ކައިރީ އޮތް ދޯންޏެއްގައި މިއަދު ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ރޯވެފައި ވަނީ ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް ”އޮގްޒޮން ކެރިއާ 2“ ނަމަކަށްކިޔާ ދޯންޏެއްގައި ކަމަށެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ދަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ދޯނީގައި މީހުން ތިބި ކަމުގެ މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައިނުވެއެވެ.
މި ހާދިސާއާ ގުޅޭ ގޮތުނަ އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.




