މާލޭ މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން އިއްޔެ ވެއްޓުނު ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.
އިއްޔެ ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ދެ މީހަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު މެންދުރު 1:53 ހާއިރު ލިބުނު ކަމަށެވެ.
ދެ މީހުން ވެއްޓުނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި، ދެ މީހުންނަށް ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އަނިޔާވީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.
ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.



