މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް މިމަހުގެ ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ ކޮންސިއުމަރ ޑިމާންޑް އިތުރުވަމުން އައި މިންވަރާއި ބަލާ ޕޯޓު މައްސަލައެއް ހައްލެއް ގެނައުމަށް މަސައްކަތް ކުރެވިފައި ނެތް ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ޒަމާނީ ޕޯޓެއް ޤާއިމް ކުރުމުގެ ސަރުކާރުން ދަނީ ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ރާއްޖޭގެ މެރިޓައިމް ދައިރާގެ ކުރިއެރުވުމަށް އުމްރާނީ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއް ނަމެވެސް ކޮންސިއުމަރ ޑިމާންޑް އިތުރުވި މިންވަރަށް ސީ ޕޯޓު ތަރައްޤީ ނުކުރެވޭ ކަމަށް ވިދާޅުވިއެވެ. މިހާރު ރާއްޖޭގެ އާބާދީ އިތުރުވެ، ރާއްޖެއަށް 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަންނަކަން ސައީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ ޑިމާންޑާ އެއްވަރަށް ޕޯޓު ތަރައްޤީނުވެ އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.
ވަރަށް ފުޅާދައިރާއެއްގައި ރާއްޖޭގައި ފަތުރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށްދޭ. އެއީ ރާއްޖޭގެ ޔޫއެސްޕީއަކީ، ފަތުރުވެރިކަމޭ ބުނާއިރު އެ އިންޑަސްޓްރީ އަބަދުވެސް ކުރިއަރައި މިދަނީ، ސަރުކާރުން ހިންގާ ޕްރައިވެޓް މަޝްރޫޢުތަކާއި ޕްރައިވެޓް ވިޔަފާރިތަކުން ކުރާ އެކި ކަހަލަ މަޝްރޫޢުތަކާއެކު 2.4 މީހުންނަށް އިންނަ ޑިމާންޑް ވަރަށް ބޮޑުތަން އުފުލިއްޖެ މީގެ 40 އަހަރާއި އަޅާބަލާއިރު. އެކަމަކު އަދިވެސް މި އިންނަނީ މީގެ 40 އަހަރު ކުރިން ހެދި ޕޯޓު“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިހާރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާއިރު، މި ދެ މަސައްކަތް އެހެން ބައެއް ޤައުމުތަކުގައި ކުރިއަށް ގެންދަވަނީ އެކުއެކީގައި ކަމަށް ވިދާޅުވެފައެވެ. ވަޒީރު ސަޢީދު ވިދާޅުވީ ސަރުކާރުން ހަމައެކަނި ޕޯޓެއް މުހިންމު ކަމަށް ބުނެ ނިންމާ ނުލާކަމަށާއި މިކަމުގެ ޢަމަލީ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާކަމަށެވެ. އެގޮތުން ޕޯޓުގެ އަމަލީ މަސައްކަތް އަންނަ އަހަރު ނޮވެމްބަރަށް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.




