ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެކަހެރިވާ ފަދަ ޢަމަލުތައް މީސްމީޑިއާގައި ދައުރުވުމަކީ، ޝާމިލް މުޖުތަމައެއް ބިނާކުރުމަށް އެޅޭ ހުރަހެއް ކަމަށް ހެލްތު އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިމިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތް ރައްދުވާ ފަދަ މޭރުމަކުން ސޯޝަލް މީޑިއާގައި ކޮމެންޓުތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޮޓޯއާއި، ވީޑިއޯ ފަދަ ފޯސްޓުތަކަށް އާންމުންގެ ބައެއް ފަރާތްތަކުން މަލާމާތް ރައްދުވާ ފަދަ ބަހުރުވައަކުން ފާޑުކިޔަމުންދާތީ އެ ވ
މިނިސްޓްރީ އާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ރާއްޖެއިން ބައިވެރިވެފައިވާ އެންމެހާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި، ގާނޫނު އަސާސީގެ 36 ވަނަ މާއްދާއިން ޚާއްސަ ރައްކާތެރިކަމެއް ލިބިގެންވާ ފަރާތްތަކެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އިޚްތިރާމް ކުރުމާއި، އަމިއްލަވަންތަކަމާއި، އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެ ފަރާތްތަކަށް ލިބިގެންވާ ޙައްްޤެކެވެ.



