އަހަރުގެ މިހާތަނަށް 1568 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެތެރޭގައި 5،757 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މިއަހަރުގެ މި މުއްދަތުގައި މި އަދަދުވަނީ %7 އިތުރުވެ، 6،198 އަރާފައެވެ.
އަހަރުގެ މިހާތަނަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އަދި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 1531 އެކްސިޑެންޓެވެ. މިއަހަރުގެ މި މުއްތަތުގައި 1568 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ. މިއީ %2 އިތުރު އަދަދެކެވެ.
އެކްސިޑެންޓުތަކުގެ ތަފާސްހިސާބު:
° ޖެނުއަރީ: 303 އެކްސިޑެންޓު
° ފެބްރުއަރީ: 251 އެކްސިޑެންޓު
° މާރިޗު: 273 އެކްސިޑެންޓު
° އެޕްރީލް: 284 އެކްސިޑެންޓު
° މެއި: 273 އެކްސިޑެންޓު
° ޖޫން: 256 އެކްސިޑެންޓު



