ނޮން ރެޒިޑެންޓް ސަފީރުންގެ ގޮތުގައި 3 ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ނޮންރެސިޑެންޓް ސަފީރުންގެ ގޮތުގައި ބޭފުޅުން އައްޔަންކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، ސައުތު އެފްރިކާ އާއި ޗެކް ރިޕަބްލިކް އަދި ރިޕަބްލިކް އޮފް މޮރިޓޭނިއާ އާއި ކެންޔާއެވެ. މި ޤައުމުތަކަށް ބޭފުޅުން އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވި، 64 މެމްބަރުންގެ އިއްތިފާގުންނެވެ.
އޭގެތެރެއިން، ސައުތު އެފްރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަން ފާސްކޮށްފައި ވަނީ ހ. މީނާޒް ހާލާ ހަމީދުގެ ނަމެވެ.
ޗެކް ރިޕަބްލިކްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް، ގުލްޒާރުގެ، ގދ. ތިނަދޫ އާމިނަތު އަބްދުﷲ ދީދީ އައްޔަންކުރަން ފާސްކޮށްފައިވާއިރު، ރިޕަބްލިކް އޮފް މޮރިޓޭނިއާ އާއި ކެންޔާއަށް އައްޔަންކުރަން ފާސްކުރީ ހ. އަތިރީގެ އަމީން ޖާވީދު ފައިސަލްއެވެ.



