މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޖުލައި 2026 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެ އޮތޯރިޓީން އިލްތިމާސްކުރެއެވެ.
އެމްއެމްއޭ ސްކޮލާޝިޕް 2026 ޕްރޮގްރާމްގެ ދަށުން މި އަހަރު މެލޭޝިއާގެ ޔުނިވަސިޓީތައް ކަމަށްވާ ޔުނިވަސިޓި އިސްލާމް ސެލަންގޯ، އިންސިފް ޔުނިވާސިޓީ އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާގެ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދެއެވެ.
މި ސްކޮލާޝިޕްގެ ދަށުން ބެޗެލާސް ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދެއެވެ.
އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށް ފޯމު މެދުވެރިކޮށް: https://tinyurl.com/MMA2026Scholarship
ކިޔެވުމަށް ހަމަޖެހިފައިވާ ދާއިރާތައް:
-އެކައުންޓިންގ ދާއިރާއިން ފުރަތަމަ ޑިގްރީ (އޮނަރސް)
-ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ (އެކި ދާއިރާތަކުން)
-އިޤްތިޞާދީ ދާއިރާއިން މާސްޓަރސް ޑިގްރީ
-އިސްލާމިކް ފައިނޭންސް އަދި އެއާ ގުޅުންހުރި ދާއިރާތަކުން ޕީ.އެޗް.ޑީ
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ސްކޮލަރޝިޕްތަކަށް މީހުން ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރަށާއި ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ މިންވަރަށެވެ. އަދި ސްކޮލަރޝިޕް ކަށަވަރުވާނީ ކަނޑައެޅިފައިވާ ޔުނިވަރސިޓީތަކުން އެޑްމިޝަން ލިބުމުންނެވެ.
https://www.mma.gov.mv/documents/Press%20Release/IL-2026-15377-ANNEX.pdf



