ރާއްޖޭގައި އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ގދ. ގައްދޫ، ކަށިކެޔޮމާގޭ / އާމިނަތު ފަޒްނާ މިއަދު ނިޔާވެއްޖެއެވެ.
އުމުރުން 47 އަހަރުގެ ޑރ. ފަޒްނާ އަކީ ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި އައިޖީއެމްއެޗުގައި މަސައްކަތް ކުރެއްވި ޑޮކްޓަރެކެވެ.
އެނގިފައިވާ ގޮތުގައި ޑރ. ފަޒްނާ މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުން ގެންދެވިއެވެ. ނަމަވެސް އޭނާ ނިޔާވި ސަބަބެއް އެނގިފައެއް ނުވެއެވެ.
ޑރ. ފަޒްނާ، އެމްބީބީއެސް ނިންމުމަށް ފަހު، ސްޕެޝަލައިޒް ވެގެން އައިޖީއެމްއެޗާ އަލުން ގުޅިވަޑައިގަތީ 2018 ވަނަ އަހަރު އެވެ.
އޭގެ ފަހުން 2021 ވަނަ އަހަރު މެލޭޝިއާ އަށް ވަޑައިގެން ދެ އަހަރު ކެބަންސާން ޔުނިވާސިޓީގައި ކިޔަވައި ވިދާޅުވި އެވެ. އެމެރިކާގެ ކެލިފޯނިއާ ޔުނިވާސިޓީގައި އޯޓިޒަމް ފަދަ ބަލިތައް ދެނެގަތުމަށް ހާއްސަ ޑިވޮލޮޕްމަންޓަލް ޕީޑިއެޓްރީޝަން ދާއިރާއިން ކިޔަވާ ވިދާޅުވެ، ތަމްރީނު ފުރިހަމަކޮށް ބަލި މީހުން ބައްލަވަން ފެއްޓެވީ 2024 ވަނަ އަހަރު އެވެ.
އޭނާ ނިޔާވިއިރު އޭނާގެ ދެ އަންހެން ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ.
ޑރ. ފަޒްނާގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.




